މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަރަކާތްތެރިވުމުގައި ފަހަތުފަޔަށް ބަރުވެފައިވާކަމަށް ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުނެފައިވަނީ އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ، އެހެން އިދާރާތަކުން ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް ކުރަމުންދާއިރު ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަރަކާތްތެރިވުމުގައި ލަސްކަމެއް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މިހާލަތުގައި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރަމުންދާ މިންވަރު ބެލުމުގައި އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވާން ފަށާފައި ވަނީ ލަހުން ކަމަށް ފާހަގަވޭ." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.
މިދިއަ މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ސާފު ކުރުމަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައި ނުވާކަން ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އޭގެ ފަހުން މިފަދަ މަރުކަޒުތަކަށް ޒިޔާރަތްކޮށް ބައެއް ރިޕޯޓުތައް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރިޕޯޯޓުގައި ބުނެފައި ވެއެވެ.
އަދި މި ޙާލަތުގައި އިންސާނީ ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ލަފާ ސަރުކާރަށް އެރުވުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއް ކަމުގައި ވީ ނަމަވެސް މި ނާޒުކު އަދި ނުރައްކާތެރި ހާލަތާ ގުޅިގެން އެފަދަ ލަފައެއް އަދި އިރުޝާދެއްވެސް ދީފައި ނުވާ ކަމަށް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު