ރައްކާތެރި ކަމާއެކު ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް މީހުންގެ ސާމްޕަލް ނަގަން ބޭނުން ކުރާ ބޫތުތަކެއް ދިރާގުން ހެލްތް މިނިސްޓްރީއަށް ހަދިޔާ ކޮށްފިއެވެ.
މީގެ ތެރެއިން މިހާތަނަށް ޙަވާލުކޮށްފައި ވަނީ އެއް ބޫތެވެ. އިތުރު 14 ބޫތު ދިރާގުން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
މި ބޫތަކީ ސާމްޕަލް ނަގާއިރު ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް ކިޓުތަކުގެ ބަދަލުގައި، ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ބޫތެކެވެ.
ދިރާގުން ބުނީ މި ބޫތުތައް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާއި ގުޅިގެން ޕްރިންޓް ލެބް ކްރިއޭޓިވްސްއިންނެވެ. ބޫތުތައް ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތް އަދި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ކަމަށް ދިރާގުން ބުނެ އެވެ.
މި ބޫތުތައް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭނުން ކުރާނެ އެވެ. މި ބޫތު ތަކުގެ ސަބަބުން ސާމްޕަލް ނަގާ މީހާއަށް ރައްކާތެރިކަން އިތުރަށް ޔަގީން ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ރާއްޖެއިން 527 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އެކަކު ވަނީ ބަލި ޖެހިގެން މަރުވެފައި އެވެ.

ކިޔުންތެރިންގެ ހިޔާލު