މާލޭގައި އުޅޭ ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ ހަރާކާތެއް
މާލޭގައި އުޅޭ ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ ހަރާކާތެއް
ރާއްޖޭގައި ތިބި އިންޑީއާގެ ރައްޔިތުން އަބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ކަނޑުމަގުން ފަށާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާއި ހަވާލާދީ އިންޑިއާގެ ދަ ވީކް ބުނާ ގޮތުގައި އަންނަހަފްތާ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ރާއްޖޭގައި ތިބި 200 އެއްހާ އެގައުމުގެ ރައްޔިތުން ކަނޑު ބޯޓެއްގައި ކެރަލާގެ ކޮޗިންއަށް ގެންދިއުމަށް ފަހު އެ އެންމެން ކޮޗިންގައި 14 ދުވަހަށް ކަރަންޓީނު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އަދި މި ދަތުރު ކުރާނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާ ކަމަށް ނޫހުން ބުނެފައި ވެއެވެ.

އެމީހުން ކޮޗިންއަށް ގެނައުމަށްފަހު އެމީހުންގެ ދިރިއުޅޭ ވަޒަނަށް ދާންޖެހޭނީ އަމިއްލަ ޚަރަދިގައި ކަމަށް ނޫހުން ބުނެފައިވެއެވެ. ބައެއް ނޫސްތަކުގައި އެމީހުންގެ ކަރަންޓީނުގެ ޚަރަދުތައްވެސް ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް ބުނެފައި ވެއެވެ.

މި ދަތުރު ފަށާނީ ރާއްޖޭގެ ކޮން ބަނދަރަކުން ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ދިވެހި ރާއްޖެއާއި އިންޑިއާއާއި ދެމެދު ކަނޑުމަގުން ފެރީގެ ދަރުތައް ފަށާ ގޮތަށް ދެގައުމުން މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. ފެރީގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށްޓާއި އިންޑިއާގެ ކޮޗިން އާއި ދެމެދުއެވެ. މާލެއިން ކޮޗިންއަށް ކަނޑުމަގުން ކުރާ މި ދަތުރުގައި 48 ގަޑިއިރު ހޭދަވާނެ ކަމަށް ވެއެވެ. މިއީ ދެޤައުމުން އެއްބަސްވެފައިވާ ގޮތަށް ފެރީގެ ދަތުތުތަކުގެ އަޖުމަ ބެލުމަށް ކުރާ ދަތުރު ތަކެއް ކަމުގައި ވެދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ފުރަބަންދާއި ގުޅިގެން އިންޑިއާގެ ދެ ހާހެއްހާ ރައްޔިތުން ވަނީ ރާއްޖޭގައި ތާށިވެފައެވެ.

އިންޑިއާއިން މީގެ ކުރިން ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާ , އިޓަލީ , މެލޭޝިއާ , ޖަޕާން އަދި އަފްގާނިސްތާނުގައި ތިބި އެގައުމުގެ ރައްޔިތުން އަބުރާ ގައުމަށް ގެނައުމަށް ކާމިޔާބު އޮޕަރޭޝަން ތަކެއް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން