މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު، ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދެމިގެންދާނެ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020 ގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
އެ ބިލް ބަލައިގަތުމަށް 53 މެންބަރަކު ވޯޓު ދެއްވިއިރު ދެކޮޅަށް ހަ މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. ބިލް ބަލައިގަތުމަށް ފަހު އިތުރަށް ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލުވުމުން އެ ގާނޫނު އުވޭނެކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.
ކައުންސިލްތަކުގެ ދައުރު ދިގުދެމިގެންދާ ގޮތަށް މަޖިލީހަށް އާ ބިލެއް ހުށަހަޅާފައި މިވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށެވެ.
މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ދެއްމޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ވަނީ ލަފާ ދެއްވާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސާުއި ބައެއް މެންބަރުންގެ ޚިޔާލު މިމައްސަލައިގައި ތަފާތެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ މިކަމުގައި އެމަނިކުފާނު ގެންގުޅުއްވާ ވަކި ވިސްނުންފުޅެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު