މިހާރު އަޅުގަނޑުމެން މިތިބަ ޙާލަތަކީ، މާ ގިނަ ދުވަހަށް ތިބެވޭނެ ޙާލަތެއް ނޫން ކަން، އެންމެންވެސް ޤަބޫލުކުރާނެ.ކަމުގައި ރައީސުލްޖުްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިއަދު ގައުމާ މުހާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ މިހާރު މިތިބަ ހާލަތުން، އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް އަދި ވަޒީފާއަށް ނުކުމެވޭނެ ގޮތެއްވެސް ނެތްކަމަށެވެ.

"އެތައް މިލިޔަން ޑޮލަރެއް އިންވެސްޓްކޮށްގެން ހިންގަމުން އައި ރިސޯޓްތައް އެހުރީ ފަޅަށް. ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުއްޓި، ޢާންމު ވިޔަފާރިތައް އަޑިއަޅާލައިފި." ރައީސް ވިދާޅުވިއެވެ.

"ކޯވިޑް-19" އާ ދެކޮޅަށް، ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އުނދަގޫ ޙާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް މިބަލި ކޮންޓްރޯލްކުރެވޭތޯ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ޤައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް. އަޅުގަނޑުމެންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިއަންނަނީ، މި ޙާލަތުން އަރައިގަނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ދެވޭތޯ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން