ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބައެއް ޞިއްޚީ ޚިދުމަތްތެރިން
ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބައެއް ޞިއްޚީ ޚިދުމަތްތެރިން
ރާއްޖޭގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަކީ، ޤައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމާ މުޚާތަބް ކުރަށްވައި މިއަދު ދެއްވި ތަޤްރީރުގައި ރައީސް ޞާލިޙް ވިދާޅުވީ، ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތް ﷲގެ ވާގިފުޅާއެކު އެބޭފުޅުންގެ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަކީ، ޤައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، "ރާއްޖޭގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ޤައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް." ކަމަށެވެ.

ރާއްޖެ މިވަނީ ވަރަށް ބޮޑަށް ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވެފައި ކަމަށާއި، ހިދުމަތުން ރިޓަޔަރކުރައްވައިގެން ތިއްބެވި، އަދި ވަގުތީ ގޮތުން ޚިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބޭފުޅުންނަށް އެނބުރި ޚިދުމަތަށް ވަޑައިގެންނެވުމަށް ރައީސް ޞާލިޙް ވަނީ ގޮވާލައްވާފައެވެ.

"ޤައުމު މިއަދު ތިޔަ ބޭފުޅުންގެ ޚިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ. އަދި ޞިއްޙީ ޚިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ގެ ޚިތާބުގައި ވަނީ ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ، މިހާރު ފަރުވާ ހޯދަމުން އަންނަ، އެންމެންނަށް، މާތް ﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުން، އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި، ކީރިތިވަންތަ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން