އަތޮޅުތެރޭގެ ރަށެއްގައި ބަނދަރުކޮށްފައި އޮތް މާލެދަތުރުކުރާ ބޯޓެއް- އަތޮޅުތެރެއަށް ބަލި ފެތުރިފައިވަނި މާލެއިން ދިޔަ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވެފައި ހުރުމުން އޭނާގެ ފަރާތުން
އަތޮޅުތެރޭގެ ރަށެއްގައި ބަނދަރުކޮށްފައި އޮތް މާލެދަތުރުކުރާ ބޯޓެއް- އަތޮޅުތެރެއަށް ބަލި ފެތުރިފައިވަނި މާލެއިން ދިޔަ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވެފައި ހުރުމުން އޭނާގެ ފަރާތުން
އަތޮޅުތެރޭގެ ރަށްރަށަށް ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަމާލުކަން ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރަށްވައިފިއެވެ.

މިއަދު ދިވެހި ޤައުމާ މުޚާތަބުކޮށް ދެއްވި ޚިޠާބެއްގައި ރައީސް ޞާލިޙް ވިދާޅުވީ، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން ޖެހޭ ކަމަށެވެ.

"މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން ޖެހޭ. އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ޤަބޫލުކުރާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ފަދަ ދުވަސްވަރެއްގައި، ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖްތިމާޢީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކޮވިޑަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވައި، ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ރައްޔިތުން މިދުވަސްކޮޅު ގޭގައި މަޑުކޮށް ދެއްވުމަށާއި، ޞިއްޙީ ޚިދުމަތްތެރިން، އަވަދިނެތި މަސައްކަތް ކުރައްވަނީ، ރައްޔިތުންގެ ރައްކަލަށްޓަކައި ކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން