ޗައިނާގެ ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކުރި އެހީގެ ސާމާނު ހިފައިގެން އައި މަތިންދާ ބޯޓު
ޗައިނާގެ ބައެއް އަމިއްލަ ފަރާތްތަކުން ރާއްޖެއަށް ހަދިޔާކުރި އެހީގެ ސާމާނު ހިފައިގެން އައި މަތިންދާ ބޯޓު
ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެމަގަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމާ މުޚާތަބް ކުރައްވާ ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، މުޅި ރާއްޖެ ފުރަބަންދުގެ ޙާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށާއި، އެޚިދުމަތްތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރަޙްމަތްތެރި ޤައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައި، އަދި މިހާރުވެސް އިތުރު އެހީތައް ދެއްވުމަށް އަންނަނީ ތައްޔާރުވަމުން ކަމަށާއި، އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް ޞާލިޙް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖޭގެ ވަރަށް ދީލަތި ބޭފުޅުންކޮޅެއްގެ ފަރާތުންވެސް، މިކަމުގައި ވަރަށް އަގުހުރި އެހީތަކެއް ލިބެމުންދާ ކަމަށް ވިދާޅުވެ އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސް ޞާލިޙް ޝުކުރު ދެންނެވިއެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ރައީސް ފާހަގައެއް ނުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން