ސިފައިން އުފެއްދި ވެންޓިލޭޓަރ
ސިފައިން އުފެއްދި ވެންޓިލޭޓަރ
ދިވެހި ސިފައިން ވެންޓިލޭޓަރެއް އުފައްދައި އެވެންޓިލޭޓަރު ދައްކާލައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ދިވެހި ސިފައިން އުފެއްދި ވެންޓިލޭޓަރ ތަޢާރަފު ކުރި ފޮޓޯ ތަކާއެކު އެމީހުންގެ މި މަސައްކަތަށް ތަޢުރީފު ކުރައްވައި ޓްވީޓް ކުރައްވާފައެވެ. މާރިޔާވަނީ ސިފައިން އުފެއްދި މި ވެންޓިލޭޓަރަކީ މަސައްކަތްކުރާ ރަނގަޅު އުފެއްދުމެއް ކަމުގައި ހާމަކުރައްވާފައެވެ.

ޤައުމީ ދިފާއީ ބާރުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ނޭޝަނަލް އިމަޖެންސީ ސެންޓަރަށް ބޭނުންވާ އިމަޖެންސީ ވެންޓިލޭޓަރެއް އެމްއެންޑީއެފް ސާރވިސް ކޯޕްސްގެ ސިގްނަލް އިން އުފައްދާފައިވާ ކަމަށެވެ.



ކޯވިޑް-19 ގައި ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވެންޓީލޭޓަރގެ ފަރުވާގައި އޮތީ އެކަކެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ ގިނަ ވެންޓިލޭޓަރ ތަކަކަށް އޯޑަރކޮށްފައެވެ. އަމިއްލަ އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާ މިވެންޓިލޭޓަރ ތަކުގެ ތެރެއިން އަދި އެއްވެސް ވެންޓިލޭޓަރެއް ނުލިބެއެވެ. މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ އެކި ފަރާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ވެންޓިލޭޓަރެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރ ގަންނަން އެކި ފަރާތްތަކާ ހަވާލުކޮށްފައިވަނީ އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލަކުން ނޫނެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިހާރު ގެންދަނީ ބަލަމުންނެވެ. އޭސީސީން ވެސް ބުނީ މިމައްސަލަ ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން