ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރަންވީ ކަމަކީ މައިސޯބު ބަދަލުކުރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ލަފާދިނުމަށް އެޑްވައިޒަރުން އައްޔަނު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރުން ދަނީ ކޮންމެ ކަމަކަށް ދެގުނަ ޚަރަދު ކުރަމުން ކަމަށެވެ. އިއްޔެވެސް ފިނޭންސް މިނިސްޓަރގެ އެޑްވައިޒަރގެ މަޤާމަށް ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ޝަންތާ ދެވަރަންޖަން ނަމަކަށް ކިޔާ ބޭފުޅެއް ވަނީ އައްޔަނު ކުރަށްވައިފައެވެ.

ޑރ. ޖަމީލް ވިދާޅުވީ ބޭކާރު ޚަރަދުނުކޮށް ކުރަންވީ ކަމަކީ މައިސޯބު ބަދަލުކުރުން ކަމަށާއި، ކޮންމެ ކަމަކަށް ޑަބަލްކޮށް ޚަރަދު ކުރުމަކީ ހެޔޮވެރިކަމަށް ވާނެ ގޮތެއް ނޯންނާނެކަމަށެވެ.

"ތަޙްގީގުކުރަން އައްބާސް ކިޔާ އިނގިރޭސިއެއް. އެއަޕޯރޓް ހިންގަން ބޭރުމީހެއް. ބޭންކު ހިންގަން ބޭރުމީހެއް. އެންމެފަހުން ފިނޭންސް މިނިސްޓްރީ ހިންގަން ބޭރުމީހެއް. ބޮޑުމުސާރަދީ މިހުރިހާކަމެއް ނުކޮށް މައި ސޯބު ބަދަލު ކުރަން ވީ ނޫންތޯ؟" ޑރ. ޖަމީލް ވިދާޅުވިއެވެ.



ފިނޭންސް މިނިސްޓަރގެ އެޑްވައިޒަރގެ މަޤާމަށް ދެވަރަންޖަން އައްޔަންކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ މުސާރައެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

މިސަރުކާރުގެ މަތީ މަގާމުތަކަށް ބިދޭސީން އައްޔަނު ކުރާތީ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައީސް އޮފީހާއި ޕެންޝަން އޮފީހާއި އެމްއޭސީއެލް ފަދަ ތަންތަނުގައިވެސް އިސްވެރިންގެ ގޮތުގައި ބިދޭސީން ތިބިކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން