ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު
ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު
މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް ހުރީ "ޔާނު" ސްޕީޑްގައި ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއަށް މިއަދު ހެނދުނު ވައިގަދަވުމާއި ގުޅިގެން ސަލްޓަންޕާކުގައި ހުރި ގަހެއް ވެއްޓި ލިލީމަގުން ދަތުރު ނުކުރެވޭ ގޮތަށް ބަންދުވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެގަސް އެތަނުން ނަގައި އެމަގު ޢާއްމުކޮށް ދަތުރު ކުރެވޭގޮތަށް ހުޅުވާލާފައެވެ.

އެކަމާ ގުޅިގެން ސުޖާ މިއަދު ވިދާޅުވީ، ގަސްވެއްޓުނީ ހެނދުނު 7:00 ހާއިރު ކަމަށާއި، ސިޓީ ކައުންސިލުން ސައިޓަށް ދިޔައީ 9:30 ގައި ކަމަށެވެ. އަދި މަގުސާފުކޮށް އާންމުންނަށް ހުޅުވާލީ 12:30 ގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މަސައްކަތް ތިޔަ ނިންމާލެއްވީ "ޔާނު" ސްޕީޑުގަ." ޝުޖާއު ވިދާޅުވިއެވެ.



ޝުޖާއު ވަނީ މަސައްކަތް ކުރިއަށް ގެންދިޔަ ހަލުވި ކަމަށްޓަކައި ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ދަންނަވާފައެވެ. މާލޭ ސިޓީއަށް އަލަށް އިންތިޚާބުވި ކައުންސިލުން ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިއަށް ގެންދާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ރާއްޖޭގެ އެކި ރަށްރަށަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން