ޢަލީ ރަމީޒް
ޢަލީ ރަމީޒް
ކޯވިޑް-19 އާއިގުޅިގެން މިސްކިތްތައް ބަންދުކޮށްފައިއޮތް ނަމަވެސް މިސްކިތްތަކަށް ނުވަދެވޭ ގޮތަށް، މިހާރު ބަންދުކޮށްފައިވާ ގޮތަށް މިސްކިތްތައް ބަންދުކުރުން ބަލައި ނުގަނެވޭނެ ކަމަށް ޞަލަފް ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ޢަލީ ރަމީޒް ގޮވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ، ބައެއް ފަރާތްތަކުން މިނިސްޓްރީގެ ނިންމުމަށް އިޙްތިރާމްނުކޮށް މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ދާތީއެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ މި މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން ޢަލީ ރަމީޒް ވަނީ މުޅިން ބަންދު ކުރަން މިއަދު ނިންމި ނިންމު ބަދަލު ކުރުމަށް ގޮވާލައްވާފައެވެ. އަދި މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް ނިންމާފައިވާ ނިންމުން މާ ހަރުކަށި ކަމަށާއި، އެ ނިންމުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމަށް ޢަލީ ރަމީޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަންތަނަކީ ފަސޭހައިން ނަމާދު ކުރެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫން. މިސްކިތްތައް ހުޅުވާ!" އިސްލާމް ދީން ކުރިއަރުވާ ދީނީ ޝިޢާރު ފާޅުކުރުމުގައި ހަރަކާތްތެރިވާ ޢަލީ ރަމީޒް ގޮވާލައްވާފައިވެއެވެ.



މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ވަރަށް ދަތިކޮށް ކުދި ތަންތަން ކޮޅުގައި އުޅޭ ބަޔަކަށް ވުމާއެކު ނަމާދުކުރުމުގައި ދަތިތަކެއް ފޯރާނެކަން ޢަލީ ރަމީޒް ވަނީ ފާހަގަ ކުރަށްވާފައެވެ.

ކޮވިޑާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުން ހުއްޓާލާފައިވަނީ މި މެއި މަހުގެ 19 ވަނަ ދުވަހުއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އިބްރާ

04-Jun-2021

އެއްކޮށް މަނާކޮށްފައޮއްވައި ނަޝީދު ފުރުވަން އެމްޑީޕީ އެންމެން ބޮޑުފާލަމަށްވެސް އެއްވި.



ޓްރެންޑިން