ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
ރައީސް ނަޝީދަށް ސެކިއުރިޓީ ނުދެވޭނަމަ ސިފައިންގެ ވެރިން އިސްތިއުފާ ދެއްވުމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ގޮވާލައްވައިފިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާއަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އެމްއެންޑީއެފުން ދަނީ އެކަން ދޮގުކޮށް، އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް އެމަނިކުފާނާ ޙިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވީ، ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން އެމްއެންޑީއެފްގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެކަން ނުކުރެވޭނަމަ އިސްތިއުފާ ދިނުމަށާއި، ދައުލަތުގެ ބަޖެޓުން ސިފައިންނަށް 1.4 ބިލިއަން ރުފިޔާ ދެނީ މިފަދަ ގާނޫނީ ޒިންމާތައް އަދާކުރުމަށް ކަމަށް އުޝާމް ވިދާޅުވިއެވެ.

"އެކަން ނުކުރެވުނީމަ އަދިވެސް އެހެންމީހުން މިގޯސްވަނީ. ޒިންމާ އަދާކުރައްވާ ނޫނީ އިސްތިއުފާ ދެއްވާ." އުޝާމް ވިދާޅުވިއެވެ.



ރާއްޖޭގެ އޮންލައިން މީޑިއާ އަކުން އެމްއެންޑީއެފްގެ އިސްފަރާތަކާ ޙަވާލާދީ މިއަދު ބުނެފައިވަނީ، ގ. ކެނެރީގޭގައި ދިރިއުޅުއްވާނަމަ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދިނުމަކީ ދަތިކަމެއް ކަމަށެވެ. އެގޮތުން އެގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއަކަށް ވުމުން އެކަން ކުރުމަށް ދަތިވާ ކަމަށާއި، އެ ގެ ހުރި ނީލޯފަރުހިނގުމުގައިވެސް މައްސަލަތަކެއް ހުރި ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް މަޖިލީހުން އިންކްއަރީއެއް ފަށާފައިވާއިރު، އެމައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ތަހުގީގު އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ކުރިއަށްނުދާނަމަ އެކަން ރައްޔިތުންނަށް ހާމަކުރާނެ ކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޢިސްމާޢީލް

30-May-2021

ޢަޅުގަނޑަށް ފެންނަނީ އުސާމާ އެ ކަމާއި ހަވާލުވެލައްވާން



ޓްރެންޑިން