މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
ޔޫކްރޭނުން 32 ދިވެހިން ރާއްޖެ ގެނެވޭ ގޮތް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ، ޔުކްރޭނުގައި ތިބި ކިޔަވާ ކުދިން ރާއްޖެ އައުމަށް މަގެއް ފަހިވެފައިވާ ކަމަށާއި، 32 ކުއްޖަކު ރާއްޖެ އަންނަން ބޭނުންވާ ކަމަށް އެދިފައިވާ ކަމަށެވެ.

"32 ކުއްޖަކު ރާއްޖެ އަންނަން ބޭނުންވާކަމަށް އެދުމުން، އެ ކުދިން އައުމުގެ މަގު ވަނީ ފަހިކޮށްދީފައި، އަދި މިހާރު އެ ކުދިން ކުރަމުން ދަނީ ޓިކެޓް ގަތުމުގެ މަސައްކަތް". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ތައިލެންޑުން އަންނަ ފްލައިޓެއް އެބަ އޮތް ކަމަށާއި، މި ފްލައިޓުގައި 131 މީހަކު އަނބުރާ މާދަމާ މާލެ އަންނާނެ ކަމަށެވެ.

މިއަދު ރާއްޖޭގައި ތިބި 131 ތައިލެންޑް މީހަކު ވަނީ އެނބުރި ގައުމަށް ފޮނުވާލާފައެވެ.

މީގެއިތުރުން މަބްރޫކް ވަނީ ސައުދީ އަރަބިއްޔާގައި ތިބި ފަރާތްތަކުގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ފެސިލިޓީއެއްގައި ތިބެންޖެހޭނެއެވެ. އަދި އެ މީހުން އެ ފެސިލިޓީތަކުން ދޫކޮށްލާނީ ކޯވިޑް-19 އަށް ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން