ފެމިލީ ކޯޓް
ފެމިލީ ކޯޓް
ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފަށައިިފިއެވެ.

ފެމިލީކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނިކޮށްދޭނެ އުސޫލެއް ކަނޑައަޅާ އެއުސޫލަށް އަމަލު ކުރަން ފަށާފައެވެ.

އެ އުސޫލުގައި ބުނާގޮތުން، ކައިވެނީގެ އެންމެހާ ކަންތައްތަކާއި ކައިވެނީގެ މަޖްލީސް ބާއްވަން ޖެހޭގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާއެވެ. އަދި އެވަގުތުގެ ކުރިން، ކައިވެނިކުރާ އޮންލައިން ޕްލެޓްފޯމަށް ލޮގިންވާން ޖެހޭނެއެވެ.

މީގެ އިތުރުން ކައިވެނީގެ މަޖިލީސް ބޭއްވުމުގެ ކުރިން ކައިވެނިކުރާ މީހުންނާއި، ވަލީ ވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށްފަހު ކޯޓަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ކައިވެނީގެ މަޖިލީހުގައި ތިބެންޖެހޭ އެންމެން ހާޒިރުވެ ތިބި ކަމާއި، އެމީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ކުރިއަށް ގެންދާއިރުވެސް، ކައިވެނީގެ ހުތުބާ ކިޔުމާއި، ކައިވެނި އަގުދުކޮށްދިނުމުން، "އަނބި ޤަބޫލު ކޮށްފިން،" މިހެން ބުނާ އަޑު އަހައި އެކަން ކަށަވަރު ކުރަންވާނެއެވެ. އަދި ކައިވެނިވުމުން، ކޯޓުން، ހާއްސަ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެއް، އޮންލައިންކޮށް ފޮނުވާނެއެވެ.

ފެމިލީ ކޯޓުން ވަނީ، އެކޯޓުން ދެމުންއަންނަ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން