އިސްމާއިލް ޔަޒްދާން އަލީ (22އ)
އިސްމާއިލް ޔަޒްދާން އަލީ (22އ)
މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާގެ މައުލޫމާތު ލިބިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް، މާލޭ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން އިސްމާއިލް ޔަޒްދާން އަލީ (22އ) އެވެ.

މި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައިއިން ޔަޒްދާނާއި އެމީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފަ އެވެ. ފުލުހުން ބުނީ އޭނާއާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މައްސަލައާއި ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް އެ ގޯޅިގައި އޮތް ގާޑިޔަލެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި މަރުވި ޔަޒްދާން މަރުވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެނގިފައި ވެއެވެ. ނަމަވެސް އޭނާގެ ކަރަށް ގާޑިއަލުގެ މުއްގަނޑު ހެރުމުގެ ސަބަބުން އޭނާ އޮތް ތަނުގައި ބުންމަތީގައި ވެސް އޮތީ ލޭގެ ކޯރެއް ހެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން