ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރާއްޖޭގައި ކޮންސިއުލޭޓް އޮފީސް އަޅާނެ ތަންތަން ކަނޑައަޅާނީ ދިވެހި ދަޢުލަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމަށް އިންޑިޔާގެ ސަރުކާރުން ނިއްމުމާއި ގުޅިގެން މެމްބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވީ، ބޭރު ގައުމަކުން ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކު ދީގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ކޮންސިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަންވާނީ ދިވެހި ދައުލަތުން ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ޙުސައިން ވިދާޅުވީ، "މޮންގޯލް މީހުން ސެލްޖުކް ދައުލަތް ހިންގިގޮތަށް" ދިވެހި ދަޢުލަތް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެކަމަށެވެ.



އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމަށް އިންޑިޔާއިން ނިއްމި ނަމަވެސް ސަރުކާރުން ވަކިގޮތެއް އަދި ނުނިއްމައެެވެ. އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް އެޅުމަށް ތާއިދުކުރާ ސަރުކާރުގެ ސިޔާސީ ފަރާތްތަކުންނާ ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ފަރާތްތަކުން ވިދާޅުވަނީ އެކަމަކީ އައްޑޫގެ ތަރައްގީއަށް މުހިންމު ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް ވެސް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ.

އެގޮތުން އެއީ އިންޑިއާއިން ސީދާ ފްލައިޓްތައް އައްޑޫއަށް ދަތުރުކުރަން ފެށުމާއި އެސަރަހައްދުގެ ރައްޔިތުންނަށް ވިސާގެ ކަންކަމުގައި ފަސޭހަވެގެންދާނެ ކަމެއް ކަމަށްވެސް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ކޮންސިއުލޭޓެއް ހުޅުވުމާއި ސީދާ ގުޅުންހުރި ކަންކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


9

އިބްރ

04-Jun-2021

އައްޑޫގައި އިންޑިޔާއެއްނޫން ދުނިޔޭގެ އެއްވެސް ޤައުމެއްގެ ކޮންސިއުލޭޓް އޮފީހެއް އަދި މިވަގުތު އެޅުމުގެ ހުއްދަދޭނީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ޣައްދާރުވާ ފަރާތަކުންނެވެ. އަދި މިވަގުތު ބާރުއޮވެގެން ތިޔަފަދަ ނިންމުމެއް ނިންމިޔަސް ދިވެހި ރައްޔިތުން އެކަން ބަލައިނުގަންނާނެކަން ދަންނަންޖެހޭނެ. ރައްޔިތުންގެ ކުރިމަތީގައި ވަރަށްބޮޑަށް އަގުވެއްޓިގެންދާނެ ކަމެއް ކުރަން ތިޔައުޅުއްވަނީ.



ޓްރެންޑިން