ނަފާ ނަސީމް
ނަފާ ނަސީމް
އަނގަ އެކްސެލެންޓް ވެގެނެއް ޚިދުމަތް އެކްސެލެންޓް ނުވާނެ ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖްރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިއަދު ވިދާޅުވީ، ގައުމު އެކްސެލެންޓް ވާނީ މީހުން އެކްސެލެންޓް (އެންމެ ރަނގަޅު) ވެގެން ކަމަށާއި، އެކްސެލެންޓް ޚިދުމަތަށް އުއްމީދު ކުރަންވާނީ އެކްސެލެންޓް ސިސްޓަމްތައް ގާއިމްކޮށްފައި ކަމަށެވެ. ހުރިހައި ވެސް ކަމަކީ ހާލަތާއި ކަންކަން ދެކޭގޮތާ މާނަކުރާގޮތް ކަމަށް ނަސީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ގައުގަނޑަކާއި ދިމާލަށް އިގްތިސޯދީ ނަޒަރުން ބަލައިފިނަމަ އެއީ އުވަދެވޭ އެއްޗެއް ކަމަށާއި، އެއިން ލާރި ހެދޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ސިޔާސީ ނަޒަރަކުން ބަލައިފިނަމަ އެއީ ހަތިޔާރެއް ކަމަށާއި، އެއިން އަނެކުންނަށް އަނިޔާ ދެވިދާނެވެސް އެއްޗެއް ކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.

"އަނގަ އެކްސެލެންޓް ވެގެނެއް ޚިދުމަތް އެކްސެލެންޓެއް ނުވާނެ." ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.

ނަސީމް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ދިވެހިންނާ ބޭރުމީހުން އިންވެސްޓް ކުރަނީ ރާއްޖެއިން ލިބޭ ނަފާ ރަގަޅުވެފައި ރާއްޖޭގައި ގަވައިދުތައް ލުއި ކަމުން ކަމަށެވެ. އެހެންކަމުން ރާއްޖެއިން ކުރަންޖެހޭ ކަމަކީ މެނޭޖްމެންޓް ރަގަޅުކުރުން ކަމަށާއި، ދުނިޔޭގައި ލެއްވިހައި ގާނޫނެއް ކޮޕީކޮށް މާބޮޑަށް "ބައިނަލްއަޤްވާމީ ވާން އުޅެގެން" ލިބޭނީ ގެއްލުން ކަމަށް ނަސީމް ވިދާޅުވިއެވެ.

ސަރުކާރުން ކަންކަން މެނޭޖްކުރުމުގައި މައްސަލަ ތަކެއް އުޅޭކަން ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ފާހަގަ ކުރަށްވާފައެވެ. އެގޮތުން ބައެއް ވުޒާރާތަކުގެ މަސައްކަތް ލަސްވެފައި ރައްޔިތުން އުއްމީދު ކުރާ ވަރަށް ނަތީޖާ ނުނެރެވުމަކީ އެ އިންތިޚާބުގައި ސަރުކާރުން އުއްމީދު ކުރިވަރުގެ ކާމިޔާބީއެއް ނުލިބުމުގެ އަސްލު ކަމުގައި ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ސަނާ

03-Jun-2021

ތީ މަގާމަށްޓަކައި އަނގަ އެކި ގޮތްގޮތަށް ހަޑިކުރާ މީހެއް. ފުަރަތަމަ ތިމާގެ އަނގަ އެކްސެލެންޓް ކުރޭ



ޓްރެންޑިން