މޯލްްޑިވިއަންގެ ކާރގޯ ފްލައިޓެއް- މިރޭވެސް މުދާ ގެނައީ މޯލްޑިވިއަނުން
މޯލްްޑިވިއަންގެ ކާރގޯ ފްލައިޓެއް- މިރޭވެސް މުދާ ގެނައީ މޯލްޑިވިއަނުން
ސިންގަޕޫރުގެ ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް ސިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ކުރު ބަޔާނެއްގައި ވަނީ، މިރޭ ބެންކޮކާއި، ތައިލެންޑުން އައި މޯލްޑިވިއަންގެ ކާގޯ ފްލައިޓުން ރާއްޖެއަށް ބޭނުންވާ ބައެއް ސިއްޙީ ސާމާނު ލިބިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ކޯވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީޒް ލިމިޓެޑްގެ ވެރިޔާ އޮންގ ބެން ސެންގ ރާއްޖެއަށް 15 ނޮން އިންވޭސިވް ވެންޓިލޭޓަރ ހަދިޔާކޮށްފައިވާ ކަމަށާއި، އަދި ސިންގަޕޫރުގެ ހިއަޕް ހުއަޓް ޕެއިންޓްސްގެ ފަރާތުން، އެންޖީ ސްވޯން މީން އާއި ޖޯސެޕް އެންޖީ، ރާއްޖެ އަށް ހަދިޔާ ކުރެއްވި 5000 ފޭސް މާސްކް މިރޭ ރާއްޖެއަށް އައިސްފައިވާ ކަމަށް ވެސް ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

އަދި އޮންގ ބެން ސެންގ ހަދިޔާ ކުރައްވާ އިތުރު 150000 ފޭސް މާސްކް މެއި މަހުގެ ދެވަނަ ހަފްތާގައި ރާއްޖެ އަންނާނެކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި، ރާއްޖެއަށް ސިއްހީ ސާމާނަށް ބޭނުންޖެހިފައިވާ މި ދަނޑިވަޅުގައި، މި ފަރާތްތަކުން ވެދެއްވި އެހީތެރިކަން ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، މި ފަރާތްތަކުން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވާކަަމަށް ވިދާޅުވެ، މިކަން ދިވެހި ސަރުކާރުން ހަނދާން ނައްތާ ނުލާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން