ބިިދޭސީން ކަރަންޓީން ކުރުމަށް ހަދާފައިވާ ފެސިލިޓީއެއް- ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން
ބިިދޭސީން ކަރަންޓީން ކުރުމަށް ހަދާފައިވާ ފެސިލިޓީއެއް- ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން
ރާއްޖޭން އިތުރު ދިހަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އިތުރު ދިހަ މީހަކު ޕޮޒިޓިވްވުމާއެކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް އަރާފައިވާ ކަމަށެވެ.

މިއަދަދާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހެއްގެ އިތުރުން ނޭޕާލުގެ ދެ މީހެކެވެ.

މިހާތަނަށް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 282 މީހަކު މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ބައްޔަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ އަދަދަކީ 191 ކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ފަސް މީހަކާއި ސްރީލަންކާގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި 551 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން