އަލްހާން ފަހުމީ
އަލްހާން ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ގޮވާލަށްވައިފިއެވެ.

އަލްހާން މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވައްޓާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އެމްޑީޕީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި ރައީސް ނަޝީދު އެމަސައްކަތް ކުރަށްވަމުން ގެންދަވަނީ ސަރުކާރު ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްގެން ކަމަށް އަލްހާން ތުހުމަތު ކުރެއްވިއެވެ.

އަލްހާން ވަނީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ޕާޓީގެ އެތެރެއިން ރައީސް ޞާލިޙްގެ ސަރުކާރު ހިންގަވަން ދަތިކުރަމުން ދާކަމަށް ވެސް ތުހުމަތު ކުރަށްވާފައެވެ. އަދި ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަން ހޯއްދަވަން އުޅުއްވުމަކީ ޕާޓީން ފިޔަވަޅު އަޅާންޖެހޭ ކަމެއް ކަމަށް އަލްހާން ވިދާޅުވިއެވެ.



ރައީސް ޞާލިޙުގެ ވެރިކަން ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޅުއްވާ ކަމަށް އަލްހާން ތުހުމަތު ކުރަށްވައި އަދި އެކަން ކުރަށްވަން އުޅުއްވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކޮށްގެން ކަމަށް އަލްހާން ވިދާޅުވިއިރު، ރައީސް ނަޝީދު މީގެކުރިން ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަމަށް އެމަނިކުފާން ވަޑައިގަންނަވަން ބޭނުންފުޅުވާކަން ފާޅުގައި ރައީސް ޞާލިހަށް ދަންނަވާ އެކަން ރައީސް ޞާލިޙަށް ހުށައަޅުއްވާފައެވެ.

މިމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަށް ފަހު ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަން ވިލާތުގައެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާ ރޭވުމުގައި ސަރުކާރު ކޯލިޝަންގެ ބައެއް ފަރާތްތަކާއި އެމްޑީޕީގެ އިސްބައެއްގެ އަތެއް ހިމެނޭކަމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ދަނީ ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ސުޖާއު ޙަސަން

04-Jun-2021

މިއީ އަލްހާނު ހިންގާ ނޫހެއް



ޓްރެންޑިން