އިންޑިއާ ނޭވީ ޝިޕް
އިންޑިއާ ނޭވީ ޝިޕް
ރާއްޖޭގައި ތިބި އިންޑިއާގެ 700 މީހުން ބަލައި އަންނަ އަސްކަރީ މަނަވަރު ރާއްޖެއައުމަށް ދަތުރު ފަށައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިބުރުގައި ގެންދާ 700 މީހުން ބަލައި އަންނަނީ އަސްކަރީ މަނަވަރު، އައިއެންއެސް މަގަރް ކަމަށެވެ. މާލެއިން މަނަވަރު ފުރާނީ މި މެއި މަހުގެ އަށްވަނަ ދުވަހު ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ.

ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ މާބަނޑު އަންހެނުންނާއި މެޑިކަލް އިމަޖެންސީތަކަށާއި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި އެނބުރި އިންޑިއާ އަށް ނުދެވި ތިބި ޓޫރިސްޓުންނަށް މި ދަތުރުގައި އިސްކަންދޭނެ ކަމަށެވެ. މިބޯޓު މާލެއިން ފުރައިގެން ދާނީ ކޮޗިންއަށް ކަމަށްވެސް ހައިކޮމިޝަނުން ބުނެފައި ވެއެވެ.

އިންޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ކޯވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އެކި ޤައުމުތަކުގައި ތާށިވެފައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް މި މެއި މަހުގެ 7 ވަނަ ދުވަހު ފަށާނެ ކަމަށާއި، މި ކަމުގައި އެޤައުމުން ބޭނުންކުރާނީ އަސްކަރީ ކަނޑުގެ އުޅަނދު ފަހަރާއި، ނޮން-ޝެޑިއުލްޑް ކޮމާޝަލް ފްލައިޓްތައް ކަމަށެވެ.

އަދި އެނބުރި ޤައުމަށްދާ އެންމެންވެސް ކޯވިޑް-19 އަށް ސްކްރީން ކުރެވޭނެކަމަށާއި، އަދި 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން