ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު މުޅިންނިންމައި، ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް ފުލުހުން ތައްޔާރުވެއްޖެއެވެ.

އީސައާ ދެކޮޅަށް ހުށައެޅި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އީސަގެ ކުރީގެ އަންހެނުން އަސްރާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ ޖިނާޢީ މައްސަލަތަކުގައި މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެގެން ހުށަހެޅި ނަމަވެސް މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ފުލުހުން ބުނީ، އީސައާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގު މުޅިން ނިމިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެ މައްސަލާގައި އީސަ ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ފައެވެ. އަދި ދިވެހި ފުލުހުންނާމެދު އޭނާގެ އިތުބާރު އޮތް ކަމަށްވެސް ބުނެފައި ވެއެވެ. މިމައްސަލަ ފެންމަތިވުމުން އީސަ ވަނީ މަޖިލީހުގައި އޭނާ މުގައްރިރުކަން އަދާކުރަށްވާ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އީސައާމެދު ޕާޓީން ވެސް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އީސަ ހައްޔަރުކުރުމަށް އަމުރެއް ހޯދުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން ކޯޓުން ނިންމާފައިވަނީ އީސަ ހައްުޔަރުކުރާނެ ތަނެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙައްވަ

03-Jun-2021

ޢީިސަ ވެސް ދޫކޮށްލާ! ދެންހުރިމީހާވެސް ދޫކޮށްލާ! ޢަދުލު އިންސާފެއް އޮތް ތަނެއް ނޫންމީކީ! ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީގޯނާ ކުރިޔަސް އެވާހަކަތައް ދައްކާކަށް ނުވާނެ. ހައްޕު!



ޓްރެންޑިން