ޕެންޝަން ސްކީމްގެ ޙައްޤުވެރިންނަށް އެފަންޑުން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު މަޖިލީހަށް ބިލެއް ހުށައަޅުއްވައިފިއެވެ.
ކޯވިޑް-19 ގެ އެހީތެރިކަމުގެ ބިލުގެ ނަމުގައި ސަޢީދު ހުށައެޅުއްވި މި ބިލްގެ މަޤްސަދަކީ، ރާއްޖޭގެ ވިޔަފާރިތައް ނިމިދިއުމުގެ ބިރު ބޮޑުވެ، އެތައްހާސް އާއިލާއެއް ނިކަމެތިވެ، ހާލުގައި ޖެހޭ ފަރާތްތަކަށް އަވަސް ލުޔެއް ހޯދައިދިނުމުގެ ގޮތުން "ކޯވިޑް-19 ގެ އެހީތެރިކަމުގެ ބިލު" ގެ ނަމުގައި މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ.
މި ބިލުގައި ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ޕެންޝަން ފަންޑުގެ ހައްޤުވެރިންނަށް ފައިސާ ދޫކުރުމާއި، ގޭ ކުއްޔަށް ލުއި ދިނުމާއި، ފަތުރުވެރިކަމުގެ ސިނާޢަތުން ވަޒީފާ ގެއްލުނު އެތައްހާސް މުވައްޒަފުންގެ ވަޒީފާ ޔަޤީންކުރުމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބިމުކުއްޔަށް ޝެޑިއުލްއެއް އެކަށައެޅުމާއި، ސްޓޫޑެންޓް ލޯން ފަސްކުރުން ހިމެނެއެވެ.
މީގެ އިތުރުން ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދުމާއި، މަސްވެރިންނާއި ދަނޑުވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށްވެސް ބިލުގައި ވެއެވެ.
މި ބިލް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ސަޢީދު ހުށައެޅުއްވުމުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ، އެ ބިލުގައި، ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެކަން އިސްލާހުކުރުމަށްފަހު އަލުން ބިލު ހުށަހަޅުއްވުމަށް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލު) ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑު އިއްޒަތްތެރި މެމްބަރަށް ދަންނަވަވައިފިން މެމްބަރޭ ކުޑަކޮށް އަދި ކޮށާ މަށާލާފައި ގެންނަވަން ވީނޫންތޯއޭ. އަދި ރަނގަޅަކަށް ނުފެތެއޭ. ތަޅުއިލި އަޅަންވެގެން އަޅުގަނޑުމެން މިއުޅެނީ. އެހެންވީމަ ރަނގަޅަށް ކަނޑާ ފެއްތީމަ މިކަން ވާނީ،" ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުގެ ތަޅުމަށް އެބިލް ގެނެވޭނީ ޤަވާއިދުގެ ތެރެއިން ކަމަށާއި، އެހެންކަމުން އެ ބިލު ޤަވާއިދަށް ފެއްތުމަށް ރައީސް ނަޝީދު ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު