ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހަކު މިއަދު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރޭގައި ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ ބަންގްލަދޭޝް މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ރޭ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

.

މިއީ ރާއްޖޭގައި ކޯވިޑް-19 ގައި މަރުވި ދެވަނަ މީހާއެވެ. މީގެކުރިން މި ބަލީގައި މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނެކެެވެ.

ކޯވިޑް-19 ގައި ހާލު ބޮޑުވާ މީހުން ބަލަހައްޓާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި މިހާރު ވެސް 6 މީހަކަށް ފަރުވާ ދެމުން ދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މީގެތެރޭގައި ހިމެނޭ 87 އަހަރުގެ ފިރިހެނަކަށް ވެންޓިލޭޓަރގެ އެހީގައި ފަރުވާ ދެމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދުގެ މެންދުރާއި ހަމަށް ރާއްޖެއިން 557 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ބަންގްލަދޭޝްގެ 283 މީހަކު ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން