ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އަލްމަރުޙޫމް މުޙައްމަދު ޞާލިޙަކީ ލާމަރުކަޒީ ނިޒާމް ގެނައުމަށް ބާރުއެޅުއްވި އިސްލާހީ ޙަރަކާތްތެރިއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މުހައްމަދު ޞާލިހް އަވަހާރަ ވެފައިވަނީ އިއްޔެގެ ވަގުތެއްގައި، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަވި އިރު ޢުމުރުފުޅަކީ 63 އަހަރެވެ.

ރައީސް ނަޝީދު ކުރެެއްވި ޓްވީޓެއްގައި ވަނީ، ގަނޑުވަރު އަޙްމަދު ޞާލިޙް ޢަލީ ދީދީގެ މުޙައްމަދު ޞާލިޙަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ޚިދުމަތްތެރިއެއް ކަމަށެވެ.

"ޞާލިޙް އަބަދުވެސް އިސްލާޙީ މަސައްކަތަށް ސަޕޯޓް ކުރައްވާ. ޚާއްސަކޮށް ލާމަރުކަޒީ ނިޒާމު ގެނައުމަށް ބާރު އަޅުއްވާ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޞާލިޙަކީ އޭވިއޭޝަން ދާއިރާގައި ވަރަށް ފުންނާބު އުސް ތަޖުރިބާކާރެއް ކަމަށާ އަދި "ވަކިވެގެން ދިޔައީ އަގުބޮޑު ޖަވާހިރެއް" ކަމަށެވެ.

މުޙައްމަދު ޞާލިޙް އަވަހާރަވިއިރު އޭނާ ހުންނެވީ އެމްއޭސީއެލްގެ ހެޑް އޮފް ސޭފްޓީ ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސްގެ މަގާމުގަ އެެވެ. ޞާލިޙް ވަނީ އެމްއޭސީއެލް އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން