ހުޅުމާލޭގައި ބިދޭސީންނަށް ޚާއްޞަކޮށްގެން 667 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފި އެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނީ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި އެ ކުންފުނިން ހަދާފައިވާ އިމާރާތް، ކަރަންޓީނު ފެސިލިޓީ އަކަށް ބަދަލު ކޮށްފައިވާކަމަށާއި އެ ތަނުގައި އާންމުކޮށް ދިރިއުޅުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ވެސް ގާއިމު ކުރެވިފައިވާ ކަމަށެވެ.
އެޗްޑީސީން ހުޅުމާލޭގައި ބިދޭސީންނަށް ޚާއްޞަކޮށްގެން ކަރަންޓީނު ފެސިލިޓީއެއް ހަދާފައިވާއިރު މީގެ ދެ ދުވަސްކުރިން އެމްޓީސީސީން ގުޅީފަޅުގައި ހެދި އައިސޮލޭޝަން ފެސިލިޓީއަކީ ވެސް ބިދޭސީން ބޭތިއްބުމަށް ޚާއްޞަކޮށް ހަދާފައިވާ ތަނެކެވެ. މާލޭ ސިޓީގައި ކޯވިޑް-19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން އެ ފެސިލިޓީތަކަށް ބަދަލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖޭގައި މިހާތަނަށް 557 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު