ކޯވިޑް-19 އާ ގުޅިގެން ވެލާ ރިސޯޓުން ށ. ނަރުދުއަށް ދޭ އެހީގެ ސާމާނު އެރަށަށް ފޮނުވައިފި އެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ ރައީސް އަހްމަދު އާރިފް ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެލާ ރިސޯޓުން ހަދިޔާކުރި ތަކެތި އެރަށައް ގެނައީ މިއަދު ކަމަށެވެ. އޭގެ ތެރޭގައި 3000 އަންގިއާ، 3000 މާސްކުގެ އިތުރުން 2500 ގުޅަ ޕެނެޑޯލް އާއި، 120 ޕީޕީއީ ހިމެނޭކަމަށެވެ.
ނަރުދޫ ކައުންސިލްގެ ރައީސް ވަނީ، ވެލާ ރިސޯޓުން ވެދިން އެހީތެރިކަން ފާހަގަކޮށް ވެލާ ރިސޯޓުގެ ވެރިންނަށް ޝުކުރު އަދާކޮށްފައެވެ.
"އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުން ވެލާ ރިސޯޓުގެ ވެރިންނަށް، ނަރުދޫ ކައުންސިލާއި، ރައްޔިތުންގެ ނަމުގަ. މިއީ ކޯވިޑް-19 އާ ގުޅިގެން މި ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު ފަހަރު. ހަމަ އެގޮތަށް ހެލްތް މިނިސްޓަރަށާއި، އެޗްޕީއޭ އަށްވެސް ޝުކުރު ދަންނަވަން. އެބޭފުޅުންވެސް ގެންދަވަނީ ރަށުގެ ރައްޔިތުންގެ ޙާލަތު ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވަމުން." އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ މިވަގުތު ރަށުގެ ޙާލަތު ރަނގަޅު ކަމަށާއި، ރަށުން 50 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު ކުރިން ޕޮޒިޓިވްވީ މީހުން ފިޔަވާ އިތުރުބަޔަކު ޕޮޒިޓިވް ނުވާކަމަށެވެ. އަދި ނެގެޓިވް ސާމްޕަލް ތަކުގެ ދެވަނަ ބުރުގެ ޓެސްޓުކުރުން މިހާރު ކުރިއަށް ދާކަމަށް އާރިފް ވިދާޅުވިއެވެ.
ވެލާ ރިސޯޓުން މީގެ ކުރިންވަނީ ރާއްޖެއަށް 10000 ޓެސްޓް ކިޓާއި ފަސް ވެންޓިލޭޓަރާއި 100000 ފޭސް މާސްކާއި 200 ރެސްޕިރޭޓާ އަދި 500 ޕީޕީއީ ކިޓް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު