ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެނީ
މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ނިޔާވި ބަނގްލަދޭޝް މީހާ ނިޔާވީ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ކަމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެގް ޓީމްގެ ޑޮކްޓަރުން ވިދާޅުވީ، ސެނެހިޔާއިން އައިޖީއެމްއެޗަށް ބަދަލުކުރި ބިދޭސީ މީހާ އައިޖީއެމްއެޗަށް ގެނައީ ފިޓް ޖެހިގެން ކަމަށެވެ. އެހެން ނަމަވެސް އައިޖިއެމްއެޗްގެ ޕްރޮޓޮކޯލް މިހާރު ހަމަޖެހިފައި އޮންނަނީ އެޑްމިޓް ކުރާ އެންމެން ޓެސްޓް ކުރުމަށް ކަމަށާއި، އެގޮތުން ބަނގްލަދޭޝްގެ އެ މީހާވެސް ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ބިދޭސީ މީހާ ނިޔާވީ މިއަދު ހެނދުނު ކަމަށާއި، ސިކުނޑީގެ ސީޓީ ސްކޭން ހެދިއިރު ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ނިޔާވި ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ލޭ ހޮޅިއެއް ފަޅައިގެން ދިއުމުން ކަމުގައި ޑޮކްޓަރ ވިދާޅުވިއެވެ. އެހެން ދިމާވީ ކުރިންވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި ވެސް ޑޮކްޓަރ ވިދާޅުވިއެވެ.

"މިސާލަކަށް ލޭ ހޮޅިއެއް އުފެދުމުގައި ހުރި އައިބެއް ކަހަލަ ކަމެއް ކަމަށް، ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ، ކުޑަ ވަގުތުކޮޅެއް ލިބުނީ." ޑޮކްޓަރުން ވިދާޅުވިއެވެ.

މިއަދު ހެނދުނު ނިޔާވި މީހާއަކީ 33 އަހަރުގެ ބަނގްލަދޭޝްގެ ރައްޔިތެކެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، ބަނގްލަދޭޝް އެމްބަސީގެ ފަރާތުން މަރުވި މީހާގެ އާއިލާއާއި މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެސްއޯޕީގައި އޮންނަ ގޮތަށް ވަޅުލުމުގެ ކަންކަން ކުރަން އާއިލާއިން ރުހުން ދީފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނިޔާވި ބިދޭސީ މީހާއާ ކްލަސްޓާ ތަކާ ހުރި ގުޅުން އަންނަނީ ބަލަމުން ކަމަށާއި، ނިޔާވި މީހާއާއި ގުޅޭ ކޮންޓެކްޓް ޓްރޭސިންއާއި މަސައްކަތްކުރާ ތަނުގެ މައުލޫމާތު މިރޭ ހިއްސާކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން