މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްގެ ދެކަނބަލުންނަށް ބަޔަކު އިންޒާރުދިން މައްސަލަ ބަލަންފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މެމްބަރު ހައިތަމްގެ ދެކަނބަލުންނާއި ބަޔަކު ދިމާކޮށް އަޑުގަދަކޮށް އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމުގައި މެންބަރު ހައިތަމްގެ އަނބިކަނބަލުންނަށް ލިބުނު ޝޮކަކާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަދި އެ މައްސަލަ މިިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު