ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި، 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިއާއެކު މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ޢަދަދު ވަނީ 4 އަށް އަރާފައެވެ. މީގެކުރިން ހަމަ މި މައްސަލާގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އުމުރުން 25 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރު ކޮށްފައެވެ.
މީގެއިތުރުން އަނިޔާ ލިބުނު މީހާ އެރުވިކަމަށް ބެލެވޭ ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
ކުޅުދުއްފުށީގައި އަނިޔާ ލިބުނު ޒުވާނާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާގެ ބޮލުގެ ނާށިގަނޑުވެސް ފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތުލިބެއެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އޭނާގެ ސާޖަރީއެއްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު