ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން ނުދާނަމަ އެރަށްތަކުގެ އެއްބަސްވުން ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައި ސަރުކާރަށް ހުށައަޅައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މަޖިލީހުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ލާމަރުކަޒި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިިމެނޭ ކަންތައްތައް އެކޮމިޓީން ދިރާސާކޮށް، އެކަމާގުޅިގެން ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން ނުދާނަމަ އެރަށްތަކުގެ އެއްބަސްވުން ބާތިލުކުރުމަށް ވަނީ ހުށައަޅާފައެވެ.

އަދި ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށައިގަތުމަށްޓަކައި ވީހާވެސް އަވަހަށް ރަށްރަށުން ބިން ދޫކުރުމަށް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ކޮށްފައިވާ ނުރަނގަޅު އަސަރުތައް އޮޅުންފިލުވައި، ލޯނު ނަގައިގެން ނުވަތަ އެނޫންވެސް ގޮތަކުން އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ތަފާތު ސްކީމުތަކުގެ ދަށުން ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހަމަޖައްސައިދިނުމަށްވެސް ހުށައަޅާފައިވެއެވެ.

އަދި މީހުން ދިރިއުޅޭ ގޭގޭގެ ހުސް ޖާގައިގައި، ކާނާ ލިބޭ ދަނޑުވެރިކަންކުރުމަށް ބާރުއެޅުމުގެ ގޮތުން ކުޑަ ޖާގައެއްގައި ކުރެވިދާނެ ދަނޑުވެރިކަމާ ގުޅޭ މައުލޫމާތު ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް އެރަށަކުން ލިބެންހުރި ބިމުގެ ސަރަހައްދުގެ ތަފާސްހިސާބެއް ކައުންސިލްތަކުން ހަދައި އެލްޖީއޭއާ ހިއްސާކޮށް، ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކަށް ކައުންސިލްތައް މެދުވެރިކޮށް ވަގުތީގޮތުން ބިން ދޫކުރަންވެސް ވަނީ ހުށަހަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން