އާރޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން
އާރޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން
ކޯވިޑް-19 އާ ގުޅިގެން ޢާމްދަނީ ލިބުމުގެ މަގު ބަންދުވެފައިވާ ދިވެހި ފަންނާނުންނަށް ވެސް މިހާރު ހުޅުވާލާފައިވާ ލޯން ސްކީމަށް ކުރިމަތިލެވޭނެ ކަމުގައި އާރޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އާޓްސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މާލީ ވަޒީރު އިބްރާހިމް އަމީރާއި، އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލާއި އެކު މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ސަރުކާރުން އިޢުލާން ކޮށްފައިވާ ރިކަވަރީ ޕެކޭޖްގެ ތެރެއިން އެހީ ހޯދުމަށް ދިވެހި ފަންނާނުންނަށް ވެސް ފުރުސަތުހުޅުވިފައިވާ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވެފައިވެއެވެ. އަދި މިފަދަ އިތުރު ގްރާންޓް ސްކީމެއް ވަރަށް އަވަހަށް އިޢުލާނު ކުރައްވާނެ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވާ ކަމަށް ވެސް މިނިސްޓަރ ޔުމްނާ ފާހަގަ ކުރައްވާފައި ވެއެވެ.

މިނިސްޓަރ ޔުމްނާގެ ޓްވީޓްގައި ވަނީ ކޯވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރު ކޮށްފައިވާ ހުރިހާ ފަންނާނުން، ސަރުކާރުން ޤާއިމްކޮށްފައިވާ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އިރުޝާދު ދެއްވާފައެވެ.

ކޯވިޑް-19 ގެ ސަބަބުން ގިނަ ދިވެހިންނަށް ޢާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައި ވާއިރު، ސަރުކާރުން ވަނީ ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުގެ ތެރެއިން ޖޮބްޕޯޓަލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ތިންމަސް ވަންދެން މަހަކު 5000 ރުފިޔާގެ މަގުން ލޭއޮފް ބެނެފިޓެއް ދިނުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން