ޕީޖީީ އޮފީހުގެ ވިޑިއޯ ކޮނަފަރެންސް ނިޒާމު
ޕީޖީީ އޮފީހުގެ ވިޑިއޯ ކޮނަފަރެންސް ނިޒާމު
ނިޒާމުގެ ބުރަހެލިކަން ފިލުވާލުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އައްޑޫ ސިޓީ ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރެންސިން ބޭނުންކޮށްގެން ޝަރީއަތްތައް ކުރިއަށް ގެންދަން ފެށުމުން، އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝަމީމް ވިދާޅުވީ އައްޑޫ ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރެންސްގެ ކަންކަން ހަމަޖެއްސި ފަދައިން ހދ. ކުޅުދުއްފުށި ސިޓީގައިވެސް ވީޑިއޯ ކޮންފަރެންސިންގެ ނިޒާމު ގާއިމު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް ކުޅުދުއްފުށި ސިޓީގައި ވީޑިއޯ ކޮންފަރެންސިންގެ ނިޒާމު ގާއިމު ކުރާނީ ލޮކްޑައުންގެ ކަންކަމަށް ލުޔެއް ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކޯޓުން ޝެޑިއުލް ކޮށްފި ނަމަ މިހާރުވެސް ޕީޖީގެ ފަރާތުން ޝަރީއަތަށް ހާޒިރުވާނެ ކަމަށެވެ. އަދި މިއަދުގެ ހާލަތަށް އިޝާރާތްކުރައްވަމުން ޝަމީމު ވިދާޅުވެފައިވަނީ އެންމެން އެކުގައި ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން މިކަން ކާމިޔާބުވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރެންސިންގެ ޚިދުމަތް ގާއިމުކޮށް އައްްޑޫ އަދި ފުވައްމުލަކުގައި ޝަރީއަތްތައް ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހިތަދޫގައި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން