ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ޢަދުލުވެރިކަން ޤާއިމްކުރެވޭނީ އެއްވިސްނުމެއްގެ އަހުލުވެރިން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށްބުނެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވި މައްސަލަ އެކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ ތާޢީދާއެކު ވަނީ ކޮމިޓީން ބޭރު ކޮށްފައެވެ.

އެކަމާ ގުޅިގެން، ޑރ. ޖަމީލް މިއަދު ވިދާޅުވީ، ޢަދުލުވެރިކަން ޤާއިމްކުރެވޭނީ އެއް ވިސްނުމެއްގެ އަހުލުވެރިން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި ޙައްޤު ގޮތް ހޯދަން އެންމެންވެސް ވަކާލާތުކުރަން ޖެހޭނީ ތިމާއާ ކަންކަން އަރާހަމަކުރާނީ ކޮންއިރަކުކަން ނޭނގޭތީ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އީވާއަށް މިހާރު އެނގޭނެ، އެއްވެސް މީހަކަށް ބޭއިންސާފެއް މެދުވެރިވާއިރު ބެރުޖަހައި އުފާކުރުމަކީ ނާތަޙްޒީބުކަމެއްކަން." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.



ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މިހާރު ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް ކަމަށެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެެވެ. އެއީ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނެ ޖުމުހޫރީ ޕާޓީގެ މެމްބަރަކު ހުށައެޅުއްވި ހުށަހެޅުއްވުން ފާސްވެފައިވަނީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. އެ ހުށައެޅުން ފާސްވީ އެމްޑީޕީގެ ހަތަރު މެމްބަރުންވެސް ވޯޓްދެއްވައިގެންނެވެ. މިމައްސަލައިގައި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދި ބޮޑު ދެބަސްވުމެއް އުފެދިފައެވެ. މިމައްސަލައިގައި ރައީސް ނަޝީދުވެސް ވަނީ ރައީސް ޞާލިޙަށް ބަހުގެ ހަމަލާއެއް ދެއްވައި ތުހުމަތުތަކެއް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން