ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް މިއަދު މަރުވި ބަންގްލަދޭޝް މީހާގެ ޖަނާޒާ ބާއްވައި، އޭނާ ވަޅުލައިފިއެވެ.
މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ ފިރިހެން ސިފައިންނެވެ. މައްޔިތާގެ ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ތިބީ، ރައްކާތެރި ކަމުގެ ސޫޓް ލައިގެންނެވެ.
މައްޔިތާ ވަޅުލާފައި ވަނީ ހުޅުމާލޭ ސަހަރާގައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.
ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔުމާ ގުޅޭ ތަމްރީނުތައް ވަނީ އަންހެން އަދި ފިރިހެން ސިފައިންނަށް މީގެ ކުރިން ދީފައެވެ.
މިއަދު މަރުވި މިހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް، އޭނާ މަރުވީ އެބަލީގެ ސަބަބުން ދިމާވި ކަންތައްތަކުން ކަމަށް ނުބެލެވޭ ކަމަށް އޭނާއަށް ފަރުވާދިން، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.
އޭނާއަށް ފަރުވާދިނުމުގައި އުޅުއްވި، އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ، އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ބައެއް ހާލަތްތަކުގައި ސިކުނޑިއަށް ނުވަތަ ސިކުނޑީގެ ލޭ ހޮޅިތަކަށް އަސަރުކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެހެން ދިމާވަނީ ލޭ ހޮޅިއެއް ބެދިގެން ކަމަށެވެ.
ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ ސިފައިންގެ ސެނަހިޔާއަށެވެ. ނަމަވެސް އޭނާ މަރުވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޯވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ހޮސްޕިޓަލަށް ގެންދިއުމުން ކޯވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.
އެ މީހާއަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
އެހެންކަމުން، މިއީ ކޮވިޑުގެ ސަބަބުން ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު