23:30 (07 މެއި)

ރާއްޖެއިން އިތުރު 06 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދި 648 އަށް އަރައިފިއެވެ.

އެޗްޕީއޭއީން މިރޭ 23:30 އާއި ހަމައަށް އަދާހަމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި 06 މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 02 މީހަކާއި އިންޑިއާގެ 02 މީހުންނާއި، 02 ދިވެހީންނެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅު ވެފައި ވަނީ 20 މީހެކެވެ. ރާއްޖޭގައި މި ބަލީގައި މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކާއި، 33 އަހަރުގެ ބަނގްލަދޭޝް މީހެކެވެ.

============================================

17:48 (07 މެއި)

ރާއްޖެއިން އިތުރު 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދި 642 އަށް އަރައިފިއެވެ.

އެޗްޕީއޭއީން މިއަދުގެ 16:30 އާއި ހަމައަށް އަދާހަމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި 24 މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 20 މީހަކާއި އިންޑިއާގެ އެކަކާއި 03 ދިވެހީންނެވެ.

މި މީހުންގެ ތެރޭގައި ބަލިފެތުރުމުގެ ބިރު އޮވެގެން ބަލަހައްޓަމުންދާ ތަނަކުން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ.

============================================

16:45 (06 މެއި)

ކޯވިޑް-19އަށް ރާއްޖެއިން އިތުުުރުން 44 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ޖުމްލަ 618 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ދެންމެ އަދާހަމަކުރި މައުލޫމާތު ތަކަށް ބަލާއިރު މި 44 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި ދިވެހި ރާއްޖޭގެ 8 މީހަކާއި އިންޑިއާ 2 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅު ވެފައި ވަނީ 20 މީހެކެވެ. ރާއްޖޭގައި މި ބަލީގައި މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކާއި، 33 އަހަރުގެ ބަނގްލަދޭޝް މީހެކެވެ.

============================================

ކޯވިޑް-19އަށް ރާއްޖެއިން އިތުުުރުން 19 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ޖުމްލަ 573 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ދެންމެ އަދާހަމަކުރި މައުލޫމާތު ތަކަށް ބަލާއިރު މި 19 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ދިވެހި ރާއްޖޭގެ 9 މީހަކާއި ސްރީލަންކާގެ އެކަކެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލިން ރަނގަޅު ވެފައި ވަނީ 20 މީހެކެވެ. މިއަދު މަރުވި ބަންގްލަދޭޝް މީހާއާއެކު ރާއްޖެއިން ބަލި ޖެހިފައި ވަނިކޮށް މަރުވެފައި ވަނީ ޖުމަލް ދެމީހުންނެވެ. މީގެކުރިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް އެގައުމުގެ 289 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ގިނަ ބައެއްގެ މެދުގައި ބަލިފެތުރިގެންހިނގައިދާނެ ކަމުގެ ބިރު އޮތުމުން އެފަދަ ފަރާތްތައް މާލެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން