މާލޭ މަސް މާރުކޭޓުގައި އަށިމަތީގައި މަސް ބަހައްޓައިގެން ވިއްކޭ ގޮތަށް ސިޓީ ކައުންސިލުން އުސޫލު ބަދަލުކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސް މާރުކޭޓުގައި މަސް ވިއްކާ އުސޫލަށް ބަދަލު ގެންނަން ނިންމީ މަހުގެ ތާޒާކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް މަސް ވިއްކުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ބޭނުމުގައިކަމަށެވެ.

ސިޓީ ކައުންސިލުން މީގެކުރިން ކަނޑައަޅާފައިވާ އޮތް އުސޫލުގެ ދަށުން މަސް މާރުކެޓުގައި މަސް ވިއްކަމުން އައީ އައިސް ފޮށިތަކުގައި ބަހައްޓައިގެންނެވެ.



މަސް މާރުކޭޓަށް ގެންނަމުންދާ ބަދަލުތަކަކީ މަސް މާރުކޭޓުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ކައުންސިލުން މަސްވެރިންނާއި މަސްގަނެ ވިއްކާ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ގެންނަ ބަދަލުތަކެކެވެ.

ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓުން ދޭ ޚިދުމަތާއި ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށެވެ.



މަސް މާރުކޭޓަށް ގެންނަން ނިންމާފައިވާ އިތުރު ބަދަލުތަކުގެތެރޭގައި މަސްމާރުކޭޓްގައި މަސްވެރިންނާއި، މަސް ގަނެވިއްކާ މީހުންނަށް ގުރުއަތު ނަގައިގެން އަށި ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުދި މަސް ވިއްކާ ގޮޅިތައް ކުރިން، ހަފުތާ ބަންދުގައި ދޫނުކުރިނަމަވެސް، މިހާރު ހުކުރު ދުވަހުވެސް ކުދި މަސް ވިއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ހަމަޖައްސާފައިވާކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން