މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އުޅުއްވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޅުއްވާހެންވެސް ބައެއްފަހަރު ހީވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި މިވަނީ މާލެ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒު މިހާރު އުޅުއްވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގައިކަމަށް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ލާމަރުކަޒީ ގާނޫނަށް މިހާރުގެ ސަރުކާރުން ގެނައި އިސްލާހުތަކާއެކު އެގާނޫނުގެ ދަށުން މާލޭގެ ސިޓީ ކައުންސިލް ހިންގަވަން ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މާލޭ ސިޓީގެ މޭޔަރަށް ކަމަށްވާތީ ގާނޫނީ ގޮތުން ލިބިދޭ ބާރުތަކުގެ ބޭނުން މުއިއްޒު ހިއްޕަވަމުން ގެންދަވާ މަންޒަރު ދެކެން އެމްޑީޕީއާއި މިހާރުގެ ސަރުކާރަށް ތާއީދު ކުރަށްވާ ބޭފުޅުންނަށް އުނދަގޫވެ އެކަން ހަޖަމު ކުރާން އުނދަގޫވަނީ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި ލާމަރުކަޒީ ގާނޫނު މިސަރުކާރުން އިސްލާހުކޮށް ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ދިނީ އެމްޑީޕީގެ ކައުންސިލަރުންނަށް ފަހާފައިވާ ކޯޓެއްގެ ގޮތަށެވެ.



ރީކޯ މޫސަ ވިދާޅުވީ މާލޭގެ ކޮންމެމަގެއް ކޮންމެ ގޯޅިއަކަށް ލަނބާލާއިރު ކަންމަތީގައި ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ދުއްވާ އެއްޗިއްސަށް އުނދަގޫވާއިރު، ޕާކު ކޮށްފައި ހުންނަ ވެހިކަލްވެސް އެބަ ހަލާކުވާކަމަށެވެ. އަދި އެކަން ހައްލުކުރެވޭނީ ޤަވާއިދު ތަންފީޒުކޮށްގެންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މީގެއިތުރުން މާލޭގެ ޓްރެފިކްގެ މައްސަލަ ޙައްލުކުރަން ޚިޔާލުދެއްވަނީ މިކަމުގެ ސަބަބުން ހިނގާ މީހުންނާ ދުއްވާ އެއްޗެއްސާ މުދާ އަރުވާ ބޭލުން ފަދަ އެތައްކަމަކަށް ދަތިވާތީކަމަށާއި މާލެ ސިޓީގެ ޓްރެފިކް ބަލަހައްޓާނެ ބަޔަކު އުފައްދައި، އެތައް ވަޒީފާތަކެއް އިތުރުކުރެވެން އެބައޮތްކަމަށް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ މިކަންކަން މިހެން ހުއްޓައި، ކައުންސިލްތަކުން ކުރަން ޤާނޫނު ލާޒިމްކުރާ ކަންތައްތައް ބާއްވާފައި ރައީސުލަޖުމްހޫރިއްޔާ ކުރަންޖެހޭ ކަންތައްތަކާ ދިމާލަށް މޭޔަރަށްވެސް ދެވޭކަމަށެވެ. އެހެންކަމުން މިއީ ޔުނިޓަރީ ދައުލަތެއްކަން މުއިއްޒަށް ދޭތެރެ ދޭތެރެއިން ހަނދާންކޮށްދޭންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.



މާލެ ސިޓީގެ މޭޔަރގެ މަސައްކަތްޕުޅު ހުންނަ ގޮތުން އެއްބަޔަކު ފާޑު ކިޔަމުންދާއިރު، އަނެއް ބަޔަކު މުއިއްޒަށް ދަނީ ތައުރީފްކުރަމުންނެވެ. އެގޮތުން އެންމެފަހުން އޮތް ކައުންސިލަށް ފުރިހަމަނުކުރެވި ހުރި ކިތަންމެ މަސައްކަތެއް އަލަށް އިންތިޚާބުވި ކައުންސިލުން ކުރަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކިނބޫ

13-Jun-2021

ބައެއްފަހަރު? ހުރިހާ ފަހަރަކުވެސް އުޅެންވީނު. ރައީސަކަށް ނޭނގޭވިއްޔަ އޭބަގެ ޒިންމާއެއް އޮތް ކަމެއްވެސް! މުއިއްޒު އަށް ޝުކުރު އަދާކުރަންވީނު!



ޓްރެންޑިން