ދުނިޔޭގެ އެތައްބައެއްގެ ތަރުހީބު ލިބެމުންދާ ލަވަކިއުންތެރިޔާ ޑްރޭކް އަކީވެސް އެހެން ގިނަ ފަންނާނުންނެކޭ އެއްފަދައިން އަގު ބޮޑެތި ތަކެއްޗަށް ލޯބި ކުރާ މީހެކެވެ.



އަދި އޭނާގެ އަގުބޮޑު ގެވެސް ވަނީ މިފަހަކުން އާކިޓެކްޗަރަލް ނޫހެއްގައި ދައްކާލާފައެވެ. ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ 100 މިލިއަންޑޮލަރުގެ ގެ ދައްކާލިއިރު ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ޑްރޭކްގެ ކޮޓަރީގައި އޮތް އަގުބޮޑު ގޮދަޑި އަށެވެ.

ސްވީޑެން ބްރޭންޑެއްގެ މިގޮދަޑީގެ އަގު އުޅެނީ 395،000 ޑޮލަރަށްވުރެ މަތީގައެވެ. މިގޮދަޑި މިހާ އަގުބޮޑީ، އަހުގެ ކެހެރި ނުވަތަ އިސްތަށިންނާއި، ސްޓިންގްރޭގެ ހަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގޮދަޑިއަކަށް ވުމުންނެވެ.



މިގޮދަޑިއާއި އެގޮަޑި އަޅާފައިވާ އެނދަކީ، އަގުބޮޑެތި މުދާ ފަރުމާ ކުރާ ފަރާތެއްކަމަށްވާ ފެރިސް ރަފައުލީގެ އެހީތެރިކަމާއެކު ފަރުމާ ކޮށްފައިވާ އެނދެކެވެ.

މިއެނދުގައި، ދުނިޔޭގެ ހިނގަމުންދާ ކަންކަމާމެދު ވިސްނުން އެކަހެރިކޮށް އަރާމު ނިންޖަކުން ނިދާލެވޭކަމަށް ޑްރޭކް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން