103 ރަށެއްގެ ކަދުރާއި ހަވާލުވާނެ ފަރާތެއް ނެތުމުން އެ ރަށްތަކަށް ކަދުރު ނުފޮނުވި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސައުދީއިން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށެވެ. އެއީ 2 ކިލޯގެ 25،000 ކަދުރު ޕެކެޓެވެ. މީގެ ތެރެއިން މިހާތަނަށް ހަވާލު ނުކުރެވި 8577 ޕެކެޓު ކަދުރު އެބަހުރި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކަދުރުގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށާއި ބާކީ ހުރި 2450 ކޭސް ނުވަތަ 24،500 ކަދުރު ޕެކެޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ބެހުމަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރު ރާއްޖޭގައި 63،102 ގޭބިސީ ހުރި ކަމަށާއި ނަމަވެސް ސައުދީން މިފަހަރު ފޮނުވި ކަދުރު ޕެކެޓުތަކަކީ އެ އަދަދަށްވުރެ މަދު އަދަދަކަށް ވުމުން މިއަހަރު ފޮނުވި ކަދުރު ބެހުމުގައި އެންމެ އިސްކަމެއް ފުރަތަމަ ދިނީ ފަގީރުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެއަށްފަހު ކޮންމެ 100 ގޭބީސީ އަކަށް 33 ޕެކެޓު ކަދުރު ދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ޕެކެޓު ކަދުރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްޑީސީ އާ ހަވާލު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަން ނިންމާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ސިޓީކައުންސިލް މެދުވެރިކޮށެވެ. ނަމަވެސް ކޯވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ އެ ކަދުރުތައް ބަހާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ބެހުމަށް 2903 ޕެކެޓު ކަދުރު އެބަހުރި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ ފަގީރުންނަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މެދުވެރިކޮށް 426 ގޭބީސީ އަކަށް ކަދުރު ބަހާފައިވާނެ ކަމަށާއި މީގެ އިތުރަށް އެއްވެސް ކަދުރެއް އެ މިނިސްޓްރީ އާއި ހަވާލުކޮށްގެން ބަހާފައި ނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ރަމަޟާން މަހަށް މިނިސްޓްރީ އަށް ލިބިފައިވާ ކަދުރު، މަސައްކަތުގެ ގޮތުން އެކަހެރިވެފައި ތިބި ފެސިލިޓީތަކަށާއި ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާ މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިވާ ބިދޭސިން ތިބި ފެސިލިޓީތަކަށް ދިނުމަކީ މި ހާލަތުގައި މުހިއްމުކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، މިހާތަނަށް ކަދުރާ ހަވާލުވާނެ ފަރާތެއް ފޮނުވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 17:00 ގެ ކުރިން ކަދުރާ ހަވާލުވާނެ ފަރާތެއް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ. މިނިސްޓްރީ އިން ވަނީ މި ކަދުރު ވީހާވެސް އިންސާފުވެރިކަމާއެކު ރައްޔިތުންނާ ހަވާލުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު