ރައީސް ނަޝީދާއި އަމީނާ މުހައްމަދު އަމީން
ރައީސް ނަޝީދާއި އަމީނާ މުހައްމަދު އަމީން
7 ފެބްރުއަރީ ގައި ބަނޑޭރިގޭ އަނބުގަސް ދޮށުގައި ނުހުރެ ބޭރަށް ނުކުމެވަޑައިގެންނެވީ އަންނަބީލާ އަމީނާ މުޙައްމަދު އަމީން ވިދާޅުވެދެއްވި ވާހަކަފުޅުތަކާ ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 85 އަަހަރުގައި މިއަދު އަވަހާރަވި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީިންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އަވަހާރަވުމާ ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ، އަންނަބީލާ އަމީނާ މުޙައްމަދު އަމީންގެ މުޅި ޙަޔާތްޕުޅަށް ވުރެ ވަކި ދިވެހިންނާއި ގުޅިފައިވާ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށެވެ. އަދި އަމީނާގެ ބައްޕާފުޅު އަވަހާރަވުމުގެ ޙާދިސާއިން އަމީނާ އަށް ލިބިވަޑައިގެންނެވި ހިތާމައާއި އަސަރު، ފަހުން ވެގެންދިޔައީ މުޅި ދިވެހި އުންމަތުގެ އުޤޫބާތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފިލާވަޅެއް ކަމަށެވެ. "ހަމަގައިމުވެސް 7 ފެބްރުއަރީ 2012 ގަ އަޅުގަނޑު ބަނޑޭރިގޭ ހަމަ އެ އަނބުގަސް ދޮށުގައި ނުހުރެ ބޭރަށް ނިކުތީ އަމީނާ އެވާހަކަ އެގޮތަށް ވިދާޅުވެފައި ވާތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ރައީސް ނަޝީދު މި އިޝާރާތް ކުރައްވަނީ ރައީސް މުހަންމަދު އަމީން ދީދީ ވެރިކަމުން ދުރުކުރި ގޮތާއި އެމަނިކުފާނު އަވަހާރަ ވުމާއި ގުޅިފައިވާ ތާރީޚީ ހިތްދަތި ހާދިސާގެ ހަނދާން ތަކުގެ ވާހަކަ އަށެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުން ވަނީ ތައުޒިޔާގެ ފޮތެއް އިންޓަނެޓް މެދުވެރިކޮށް ހުޅުވާލާފައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އަމީނާގެ ހަނދާނުގައި ލިޔާނެ ފޮތެއް މަޖިލީހުގައި ބާއްވަވާނެ ކަމަށާއި، މިއީ ކޯވިޑް-19 ގެ ރޯގާގެ ހާލަތު ކަމުން، އެފޮތުގައި ލިޔުމުގެ ފުރުސަތު ހުޅުވާލައްވާނީ ވާޗުއަލްކޮށް އިންޓަނެޓް މެދުވެރިކޮށް ކަމަށެވެ. އަދި ވީހާވެސް ގިނަ ދިވެހި ރައްޔިތުން އެ ފޮތުގައި ލިޔުއްވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން