2017 ސެޕްޓެމްބަރގައި ނަގާފައިވާ ގުޅިފަޅުގެ މަންޒަރެއް
2017 ސެޕްޓެމްބަރގައި ނަގާފައިވާ ގުޅިފަޅުގެ މަންޒަރެއް
ގުޅީފަޅުގައި ވޯކާސް ވިލެޖެއް ތަރައްޤީކޮށް 40،000 ބިދޭސީ މަސައްކަތްތެރިންނަށް، އެމީހުން ވަޒީފާއަށް ގެންނަ ފަރާތުގެ ޚަރަދުގައި ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ އެކަމުގައި އިކޮނޮމިކް މިނިސްޓްރީން ދީފައިވާ މައުލޫމާތުތައް ހިމަނާފައެވެ.

މިނިސްޓްރީން ދީފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މާލެ ސަރަޙައްދާ ކައިރިން ގުޅިފަޅުގައި 30 ހެކްޓަރުގެ ބިމެއްގައި "ވޯކާސް ވިލެޖެއް" ގާއިމްކޮށް ގާތްގަނޑަކަށް 40،000 ބިދޭސީ މަސައްކަތްތެރިންނަށް އެފަރާތްތަކުގެ ވެރިފަރާތުގެ ހަރަދުގައި ކެއިން ބުއިން ލިބޭފަދަ ގޮތަކަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދު ހީނަރުވަމުން ދިއުމުގެ ސަބަބުން އަމިއްލަ މަސައްކަތްތެރިންގެ ވަޒީފާ ގެއްލެމުންދިއުމުގެ ތެރެއިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ވެސް ވަޒީފާ ގެއްލިފައިވާތީ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް އެކަން އަންގައި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ ބިދޭސީންނަކީ ރާއްޖެއަށް ބޭނުންވާ ބައެއް ކަމަށެވެ. ނަމަވެސް އެއީ މިހާރު އެކަން މިއޮތް ގޮތަށް ބޮއްސުން ލައިގެން ދާ ވަރަށް ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ ރެގިއުލޭޓް ފްރޭމްވޯކެއްގެ ދަށުން ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވަނީ ބިދޭސީންގެ އެކޮމޮޑޭޝަންތައް ހުންނަން ޖެހޭނެ ގޮތުގެ ގަވާއިދެއް އެކުލަވާލާފައި ވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ގަވާއިދު އެކުލަވާލާފައި ވާނީ އާއްމު ސިއްހަތަށާއި އިންސާނީ ޙައްޤުތަކުގެ ދާއިރާތަކަށް ވެސް ވިސްނައިގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

علي وحيد

08-May-2020

ވަޒީފާ އަދާކުރާ ދިވެއްސަކަށް މުސާރަ ދިނުން ފިޔަވާ އެއްވެސް ޚިދުމަތެއް ނެތް ކެއުން ، ނިދުން، ފެންވެރުން، ބޭސްފަރުވާ މިއީ ދިވެހިންނަށް ނެތް ޚިދުމަތް ތައް ،ދަތުރު އލަވެންސް މިއީ ދިވެން އިސއތިސްނާ


25

+އަހުމެދު

07-May-2020

ފައިސާ ހުރިއްޔާހަމަ ވަރަށް ސަޅިކްމެއް ދުބާއީ ފަދަތަހުޒީބު ތަންތަނުގަ ވެސް ބިދޭސިން ދިރިއުޅެނީ ވަކިން ސަރުކާރަށް އާމުދަނީވެސް އިތުރުވާނެ


15

ނަޒލާ

07-May-2020

ނޫނޭ ކަމަކު ނުދާނެ ދިވެއްސަކު ވަނަނާނެ ބޯހިޔަލެއްނެތަސް ބަނގާޅީން ނަށް ރައްކާތެރިކަން ދޭންވާނެ ކަލޭމެންގެ އިންސާނިޔަތުކަން ކޮބާ؟


2

ޔާރު

07-May-2020

ދިވެހިންނަށް ދޭނެ ކަމެއް ނެތް ބިދޭސީން ހިތްހަމަ ޖެއްސޭތޯ ބަލާ


9

ދަވާލި19

07-May-2020

އިތުރު ތަންތަން ހަދާ ބިދޭސީންނައް ދޭން ނޫޅެ ހަދާފަ ހުރިތަންތަން ބޯހިޔާ ވަހިކަން ނެތި ހާލުގަޖެހެމުންދާ ދިވެހި ރައްޔިތުންނައް ދިނީއްޔާ މާތާހިރެއނޫންތަ



ޓްރެންޑިން