އެޑިއުކޭޝަން މިނިސްޓަރ ޑރ. އަަައިޝަތު ޢަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. އަަައިޝަތު ޢަލީ
މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސްކޫލުތަކުގެ ވެރިންނާ ތަޢުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޢަލީ ބައްދަލުކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ޑރ. އައިޝަތު އަލީ ވަނީ ސްކޫލުތަކުގައި ކިޔެވުން ކުރިއަށް ގެންދިއުމާ މެދު މަޝްވަރާކުރައްވައިފައެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ފަސް ކުރެވުނު މޭ، ޖޫންގެ އޭ ލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މިނިސްޓަރ ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަހަރުގެ މޭ އަދި ޖޫން މަހު ބޭއްވުމަށް ހަމަޖައްސާފައިވާ އޭލެވެލް އިމްތިހާނު ކޯވިޑް-19 ގެ ސަބަބުން، އޮކްޓޫބަރު އަދި ނޮވެމްބަރު މަހަށް ވަނީ ފަސްކޮށްފައެވެ. އަދި ސްކޫލުތަކުގެ ކިޔެވުންވެސް މެދުކަނޑާލައިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މީގެ ކުރިން ވަނީ ރާއްޖޭގެ 212 ސްކޫލެއްގެ ޕްރިންސިޕަލުންނާވެސް އޮންލައިންކޮށް ބައްދަލުކުރައްވައި، ކްލާސްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފަވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން