ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ "ކީޕިންގ އަޕް ވިތu ދަ ކާޑޭޝިއަން" އިން މަޝްހޫރުކަން ލިބިގެންދިޔަ ކައިލީ ޖެނާގެ ނިޔަފީތެ އާޑިޒައިން ބޮޑު ބަހުސަކަށް ގޮސްފިއެވެ.
ކައިލީ ޖެނާއަކީ ފާޑުފާޑުގެ ޑިޒައިންތަކަށް އޭނާގެ ނިޔަފަތިތައް ބައްޓަން ކުރުމާއި ނިޔަފަތީގެ ކުލަތައް ބަދަލު ކުރުމަށް ލޯބި ކުރާމީހެކެވެ. ނަމަވެސް މިފަހަކުން ކައިލި ދައްކާލީ އާ ނެއިލް ޑިޒައިން މާކަމުދިޔަ ޑިޒައިނަކަށް ނުވިއެވެ.

ނިޔަފަތި ދިގުކޮށް އެއްފަޅީގައި އޮރެންޖުކުލަ ޖައްސާފައިވާއިރު، އޭގެމަތީގައި ފެންތިކިތަކެއް ރަމްޒުކޮށްދޭ ފަދައިން ނިޔަފަތިތައް ފަރުމާކުރެވިފައިވެއެވެ. ގިނަބަޔަކަށް މިޑިޒައިން ކަމުދިޔަ ނަމަވެސް މަދުބަޔަކު މި ޑިޒައިން ސިފަކުރީ ޗީޒް އަދި ފަންގަސްޖަހައި ބައްޔެއް ޖެހިފައި ހުންނަ ފަދަ ގޮތަކަށެވެ.
ނަމަވެސް ކައިލީ ޖެނާގެ ނިޔަފަތީގެ ކުލަވަރަކީ ނިކަން އަވަސް އަވަހަށް ބަދަލުވާއެއްޗެކެވެ. މިގޮތުން ކައިލީ އާންމުކޮށް އެންމެފަހުން ފެނިގެން ދިޔައިރުވެސް އޭނާގެ ނިޔަފަތީގެ ޑިޒައިން ވަނީ ބަދަލުވެފައެވެ.
ރިއަލިޓީ ޓީވީ ޝޯ އަކުން މަޝްހޫރުވެގެންދިޔަ ކައިލީ ޖެނާއަކީ މިހާރު މަޝްހޫރު ވިޔަފާރިވެރިއެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު