ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްކައިރި ކޮށްލި ކޯކު ފުޅިއާއިއެކު، ކޮކާކޯލާ ކުންފުންޏަށް 4 ބިލިއަނުގެ ގެއްލުންވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، ޕޯޗުގަލް އަދި ހަންގޭރީ ވާދަކުރި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަމުން ރޮނާލްޑޯ ކޯކުފުޅި އެއްފަރާތްކުރިތަން އެކި މީޑިޔާތަކުން ވަނީ އާންމުކޮށްފައެވެ. މިގޮތުން ރޮނާލްޑޯ އޭނާގެ ކުރިމަތީގައި ހުރި ކުޑަ ދެ ކޯކު ފުޅި އެއްކައިރިކޮށް ކޯކުގެ ބަދަލުގައި ފެންފުޅި އިޚުތިޔާރުކުރިތަން ފެނިގެން ދިޔައެވެ.

ރޮނާލްޑޯ އެއްކައިރި ކުރި ކޯކު ފުޅިއާއިއެކު، ކޮކާކޯލާ ކުންފުންޏަށް ގެއްލުންވާންފަަށަން ނެގީ އެންމެ ބައިގަޑިއިރެވެ. މިގޮތުން މިހާތަނަށް އެކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށް ބޭރުގެ އެކި ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު މާކެޓުގައި 242 ބިލިއަނުގައި އޮތް ކުންފުނި ވަނީ 238 ބިލިއަނަަށްވެއްޓިފައެވެ.

ރޮނާލްޑޯ ކޯކުފުޅިތައް އެއްފަރާތްކުރިއިރު، ކޮކާކޯލާ އަކީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްޕޮންސަރެއްވެސްމެއެވެ.

ފުޓުބޯޅައިގެ މައިދާނުގައި ރަން ވަނަތަކެއް ހޯދާފައިވާ ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް ކޮކާކޯލާ އަދި ފެންޓާ ފަދަ ހަށިގަނޑަށް ފައިދާއެއްނެތް ގެއްލުން ލިބޭ ފިޒީ ޑްރިންކްސް ކަމުނުދާކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން