ޗައިނާގެ އެެހީހިފައިގެން ރާއްޖެއައި މަތިންދާބޯޓެއް
ޗައިނާގެ އެެހީހިފައިގެން ރާއްޖެއައި މަތިންދާބޯޓެއް
ޗައިނާއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީ މި މަހުގެ 18 ގައި ނިމޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަ ބްލޮކަކަށް ހަދާ އެފެސިލިޓީ އަކީ ޗައިނާ ސަރުކާރުން ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތަނެކެވެ. އެ ތަނުގައި 175 މީހުންގެ ޖާގައިގެ ކާ ކޮޓަރިއަކާއި 84 މީހުންގެ ޖާގައިގެ ފާހާނާ ބްލޮކެއް ވެސް ހުންނާނެއެވެ.

ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމުގައި ވެސް ސަފީރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ އެދުމަކަށް، ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނުވެސް ޗައިނާ އިން ވަނީ ދީފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ހަދަން ފެށި ފެސިލިޓީގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ، ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން