މޯލްްޑިވިއަންގެ ކާރގޯ ފްލައިޓެއް- ރާއްޖެއިން ބޭރުގައި ނާދެވިފައި ތިބި މީހުން ގެނައުމަށް ޓިކެޓް ވިއްކައިގެން މޯލްޑިވިއަނުން ދަތުރުތައް ބާއްވަމުން
މޯލްްޑިވިއަންގެ ކާރގޯ ފްލައިޓެއް- ރާއްޖެއިން ބޭރުގައި ނާދެވިފައި ތިބި މީހުން ގެނައުމަށް ޓިކެޓް ވިއްކައިގެން މޯލްޑިވިއަނުން ދަތުރުތައް ބާއްވަމުން
އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނަން ނިންމާފައިވަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ދިވެހިންނެވެ. އެ ފްލައިޓް ދަތުރުކުރާނީ މާލެއިން ދިއްލީއަށާއި ޓްރިވެންޑްރަމަށް ޖެއްސުމަށްފަހު އެނބުރި މާލެ އަންނަ ގޮތަށެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި ފްލައިޓުން ދަތުރުކުރާ މީހުންގެ ޓިކެޓް ޚަރަދު ހަމަޖައްސާނީ އެމީހުން އަމިއްލައަށް ކަމަށާއި، ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަނުން ކަމަށެވެ. އަދި ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިއުމުގައި ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުންނާއި ޓްރިވެންޑުރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިއުމަށް ދަތި، ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށެވެ.

މި ފްލައިޓްގައި އަންނަ އެންމެން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން