ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރު
ދަޢުލަތުގެ އޮފީސްތަކުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދަޢުލަތުގެ އޮފީސްތަކުން ބޭސްލައިން ބަޖެޓް ތައްޔާރުކޮށް ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި މިއީ ބަޖެޓް ތައްޔާރުކުރުމުގެ ދެވަނަ މަރުހަލާ ކަމަށާއި، ބޭސްލައިން ބަޖެޓަކީ އޮފީސްތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއް ކަމަށެވެ. ނަމަވެސް އޭގެތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެއެވެ.

ސަރކިއުލާގައި ބުނެފައިވަނީ ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންގއަށްވުރެ ބޮޑު ނުވާނޭ ގޮތަށް ކަމަށެވެ. ބަޖެޓް ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެކެވެ. ފިނޭންސުން ބުނިގޮތުގައި ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކުރެވި މިހާރު ދަނީ ތައްޔާރުކޮށް ފައިނަލް ކުރެވެމުންނެވެ. ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ބަޖެޓު އަދި ބޭސްލައިން ބަޖެޓް ތައްޔާރުކުރަންވާނީ މި ޕްރޮގްރާމް އޮނިގަނޑުގެ ތެރެއަށް ފައްތައިގެންކަމަށް ސަރކިއުލާގައިވެއެވެ.

2022 އިން 2024 އަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓު ހުށަހަޅާނީ އެސް.އޭ.ޕީ ބީ.ޕީ.ސީ މޮޑިއުލް މެދިވެރިކޮށް ކަމަށާއި، ބޭސްލައިން ބަޖެޓާއެކު، އިތުރު މައުލޫމާތުގެ ގޮތުގައި އޮފީހުގެ މުސާރައިގެ ބަޖެޓުގެ ތަފްސީލާއި، ކެޕިޓަލް އައިޓަމްތަކުގެ ޝީޓާއި، ޚަރަދުތައް ކުޑަކުރުމަށާއި ބަޖެޓުގައި ހިމަނާ ކަންތައްތައް ހާސިލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސްޓޭޓްމަންޓްވެސް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށް ފިނޭންސްގެ ސަރކިއުލާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަބްދޫ

22-Jun-2021

ބޭސްލައިން އަކާއި ސްކޫކަކާ ކޯއްޗެއް ތިހަދަނީ ފާޑުފާޑު ނަން ނުކިޔާ ދުރަށްދޭ ގައުމު ފަނާވެއްޖެ.



ޓްރެންޑިން