މާލޭސިޓީ- ކުލި ކުޑަކުރުމަށް ޝަރުޠުކޮށް ލޯނަށް ލުއިދިނުމަކީ ގިނަބައެއްގެ ޚިޔާލު ތަފާތުވާ މައްސަލައެއް ނަމަވެސް މަޖިލީހުން މިވަނީ އެގޮތަށް ނިންމާފައި
މާލޭސިޓީ- ކުލި ކުޑަކުރުމަށް ޝަރުޠުކޮށް ލޯނަށް ލުއިދިނުމަކީ ގިނަބައެއްގެ ޚިޔާލު ތަފާތުވާ މައްސަލައެއް ނަމަވެސް މަޖިލީހުން މިވަނީ އެގޮތަށް ނިންމާފައި
ގެދޮރު ޢިމާރާތް ކުރުމަށް ނަގާފައިވާ ލޯނުތަކަށް ބޭންކުތަކުން ލުއި ދޭއިރު ކުއްޔަށް ދޫކޮށްފައިިވާ އެޕާޓްމަންޓުތަކުންނާއި ގެތަކުން ކުލި ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ހުށަހެޅިގޮތަށް، އެ ކޮމިޓީގެ ރިޕޯޓު މިއަދު ފާސްކޮށްފިއެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިގްތިސޯދީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓު މިހާރު ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ނުވަ ހުށަހެޅުމެއް ވަނީ ހިމަނައިފައެވެ.

އެގޮތުން މޮރިޓޯއިރަމްގެ ދަށުން ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކުތަކުން ލުއި ދީފައިިވާ ލޯނުތަކުގެ ތެރެއިން ހާއްސަކޮށް މާލޭގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓުތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭ ކަމަށާއި، އެފަދަ ބަދަލެއް އަންނާނެ ގޮތަށް ލުއިދިނުމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން އެސްއެމްއީ ތަކަށް ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ އަދަދު، 20 ޕަސެންޓު ނުވަތަ 30 ޕަސެންޓު އިތުރުކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ރިކަރަންޓު ހަރަދުތައް ހަމަޖެއްސޭނެވަރުގެ މިންވަރެއް ދިނުމަށާއި، އެ ލޯނުއަނބުރާ ދެއްކުމަށް ވިޔަފާރިތަކަށް ރިލަޔަބަލް އަމައުންޓެއް (އެކަށީގެންވާ މިންވަރެއް) ހަމަޖެއްސުމަށް ވެސް ރިޕޯޓުގައިވެއެވެ.

އަދި ބޭންކް އޮފް މޯލްޑިވްސްގެ މޮރެޓޯރިއަމް ޕެކޭޖުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށާއި ރިސޯޓު މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތައް ދެނެގަނެ އެ ފަރާތްތަކަށް ރިލީފް ޕެކޭޖު ފޯރުކޮށްދިނުމަށް ވެސް ރިޕޯޓުގައި ހިމަނައި، އެ ހުށަހެޅުން މިއަދު ވަނީ ފާސްކޮށްފައެވެ.

ހަމައެއާއެކު މިފްކޯގެ އިތުރުން ރާއްޖޭގައި ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އުފައްދާ (އަގު އެއްކުރެވޭ ގޮތަށް އެކި ބާވަތްތައް އުފައްދާ) ފަރާތްތަކަށް އެސްއެމްއީ ލޯނު ލިބުމުގެ ފުރުސަތާއި، ކާބޯތަކެތި ހަދާ ފަރާތްތަކަށް ރިލީފް ޕެކޭޖުން ފުރުސަތު ހޯދައިދިނުމަށް ވެސް ރިޕޯޓުގަައި ކަނޑައަޅާފައިވެއެވެ.

ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށާއި ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ، އެމްއެމްއޭއިން ބޭންކުތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއިން އެ ފަރާތްތަކަށް ލިބޭނެކަން ކަށަވަރުކޮށްދީ އެމްއެމްއޭއިން އެކަމަށް ފިޔަވަޅު އެޅުމަށާއި ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވެންސް ދިނުމުގައި ވަޒީފާ ގެއްލޭ ފަރާތްތައް އެސެސްކުރުމަށާއި ސެލްފް އެމްޕްލޯއިޑް ފަރާތްތައް ވެސް ހިމެނޭނެ އުސޫލެއް ގެންގުޅެން ވަނީ ހިމަނައިފައެވެ.

މީގެއިތުރުން ދައުލަތުގެ ހަރު މުދަލުގެ ދަފްތަރެއް އެކުލަވާލުމަށާއި ސަރުކާރުގެ ކުންފުނިތަކުގެ ހަރުމުދާ ރަހުނުކޮށް ނަގާ ލޯނުތަކަކީ ކޮބައިކަމާ އެ ރަހުނުގެ މުއްދަތު ހަމަވާ މުއްދަތަކީ ކޮބައިކަން އެނގޭނެ ގޮތަށް ދަފްތަރެއް އެކުލަވާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައި ވެއެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިޞާދީ ރިލީފް ޕެކޭޖު ތަންފީޒު ކުރެވެމުންދާތީ އާއި ކޮންމެ ފަނަރަ ދުވަހަކުން އެއްފަހަރު އެކަންކަމާ ގުޅޭގޮތުން ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތަފްސީލްތަކާއި އެކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒުކުރަމުންދާ ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް މިއަދު ފާސްކުރިއެވެ.

މި ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން